އާދިއްތަ, November 15
މައުމޫން ފައުންޑޭޝަނުން ޤައުމީ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ

މައުމޫން ފައުންޑޭޝަންގެ ފަރާތުން ޤައުމީ ދުވަހާ ގުޅިގެން ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އެއްބައިވަންތަކަން، މި މައުޟޫޢުތައް ރަމްޒުކޮށްދޭ ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މައުމޫން ފައުންޑޭޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތަކީ ހުރިހާ ދިވެހިންނަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށެވެ.

އެ ފައުންޑޭޝަން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުން އެއް ވަނަ އަށް އަންނަ ފަރާތަކަށް 5،000ރ. އާއި ދެ ވަނަ އަށް އަންނަ ފަރާތަކަށް 3،500ރ. އަދި ތިން ވަނަ އަށް އަންނަ ފަރާތަކަށް 2،000ރ. ގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ. އަދި އެންމެ މޮޅު ފަސް ޅެމަށް ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ފައުންޑޭޝަނުން ވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޅެން ހެދުމަށްފަހު އޮގަސްޓު 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރުމަށް އެދިފައެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މި މުބާރާތުގެ ގަވާއިދު އެ ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުން ލިބޭނެ ކަމަށެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ 7981500 ނަންބަރާ ގުޅިގެން ސާފުކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު