އާދިއްތަ, November 15
ފުވައްމުލަކުގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް، ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި މިހާރަށްވުރެ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލް ރަފީގްގެ އިތުރުން ކައުންސިލްގެ އިސް ބޭފުޅުންނާއި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު