އާދިއްތަ, November 15
ސީއެސްސީ އަށް ޢައްޔަންކުރުމަށް ހަ ބޭފުޅެއްގެ ނަން ކޮމިޓީއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ސީއެސްސީގެ ތިން މެންބަރުންގެ މުއްދަތު 3 ސެޕްޓެންބަރު 2025 އަށް ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި އިޢުލާން ކުރުމުން، އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް ޢައްޔަންކުރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ބަޔާންކުރައްވައިފައެވެ.

ސީއެސްސީއަށް ޢައްޔަންކުރެއްވުމަށް ރައީސް ހުށަހެޅުއްވި ބޭފުޅުންގެ ނަންތައް:

  1. މުޙައްމަދު ނާޞިޙް، މ. ފަލްކަންގެ
  2. ޑރ. ޙުސައިން ފާއިޒް، ދަފްތަރު ނަންބަރު 1325
  3. ޑރ. ދީބާ މޫސާ، މ ވައިޓްބެލް
  4. އަލްއުސްތާޛާ ބަދުރިއްޔާ މޫސާ، ދަފްތަރު ނަންބަރު ރސ 2414
  5. ޑރ. ފާޠިމަތު މުނާ، ވާދީއާގެ، ގއ. ވިލިނގިލި
  6. އާމިނަތު އުއްމުކުލްޘޫމް، މޫންލައިޓްހައުސް، ސ. މަރަދޫ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ހަ ބޭފުޅުންގެ ނަންވެސް ވަނީ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު