Saturday, October 31
ކަރަންޓު މައްސަލައެއް ދިމާވެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކަރަންޓު މައްސަލައެއް ދިމާވުމުގެ ސަބަބުން މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

ކަރަންޓުގެ މައްސަލަ ދިމާވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ އެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ސާފުނުވާ ކަމަށެވެ.

އަދި މައްސަލަ ބެލުމަށް ހުސްވަގުތުކޮޅެއް ނެގުމަށްފަހު، މައްސަލަ ހައްލުވެއްޖެނަމަ ޖަލްސާ 9:45 ގައި ފައްޓަވާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މަޖިލީހުން ކަރަންޓު ކެނޑުނީ އިންޝުއަރެންސް ބިލަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު