އާދިއްތަ, November 15
ޚާރިޖީ ވަޒީރު އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އިންޑޮނޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ސުޖިއޯނޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި އިންޑޮނޭޝިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަޒީރު ސުޖިއޯނޯ އަށާއި، އިންޑޮނޭޝިއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ރާއްޖެއާއި އިންޑޮނޭޝިއާ އާއި ދެމެދުގައިވާ އެކުވެރި އަދި ގާތް ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

"މިފުރުސަތުގައި މަނިކުފާނުގެ ދުޅަހެޔޮ ސިއްހަތާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެން. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު