Saturday, October 31
ފުލުހުންގެ ކަސްޓަޑީގައި ހުރި މީހަކު ނިޔާވި މައްސަލައެއް އެންއައިސީން ބަލަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިއެވެ.

އެންއައިސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މާލޭ ކަސްޓަޑީގައި ހުރި މީހަކު މިއަދު ނިޔާވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މިކަން ހިނގައިދިޔަ ގޮތް ދެނެގަތުމަށް ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެންއައިސީން ބުންޏެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްޞީލެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު