އާދިއްތަ, November 15
ރަސްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ބިން ހަވާލުކޮށްފި

އއ. ރަސްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފިއެވެ.

މިގޮތުން މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ ވުޒާރާއިން އެ މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ބިން ވަނީ ހަވާލުކޮށްފައެެވެ.

މިރަސްމިޔާތުގައި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި ކައުންސިލާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

780 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކުރި މި މަސައްކަތުގެ އަގަކީ 185،571،402.42 ރުފިޔާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު