އާދިއްތަ, November 15
އެޑިއުކޭޝަން ސެންޓަރު ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރާތަށް ގެއްލުންވެއްޖެ

މާލޭގެ އިމާރާތެއްގެ ބައިތަކެއް ވެއްޓި، ޖެހިގެން ހުރި އިމާރާތަށާއި އުޅަނދުތަކަކަށް ގެއްލުންވެއްޖެއެވެ.

ފުލުހުން ބުނީ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރާތަށާއި ޕާކުކޮށްފައި ހުރި ދެ ސައިކަލާއި، ދެ ކާރަށް ގެއްލުން ވެފައިވާ ކަމުގެ މަޢުލޫމާތު މިއަދު 13:00 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ މަޢުލޫމާތު ކަމާގުޅޭ އިދާރާތަކާ ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު