އާދިއްތަ, November 15
އިންޑިއާއާއެކު އޮންނަ ގުޅުންތައް ކުރިއަށް އޮތް އަހަރުތަކުގައިވެސް ކުރިއަރާނެ ކަމަށް އުއްމީދުކުރަން: ނައިބު ރައީސް
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ނައިބު ރައީސް ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ނައިބު ރައީސް ވިދާޅުވީ މިނިވަންކަމާއި ކެރިއެރުމާއި އަމިއްލަވަންތަކަން އާލާކުރުމުގެ ދަތުރު އިންޑިއާއިން މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖެއިން ދެމިއޮތީ އިންޑިއާއާއެކު ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް އިންޑިއާއާއެކު އޮންނަ ގުޅުން ކުރިއަރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު