Saturday, October 31
ސްކޮލަރޝިޕް ފުރުޞަތުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މެލޭޝިއާގެ އައިއެމްޔޫ އާ މަޝްވަރާކޮށްފި

ސްކޮލަރޝިޕް ފުރުޞަތުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މެލޭޝިއާގެ އައި.އެމް.ޔޫ ޔުނިވަރސިޓީއާ މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އައި.އެމް.ޔޫ ޔުނިވަރިސިޓީގެ ވައިސް ޗާންސެލަރ، ޕްރޮފެސަރ، އިޔަން ސައިމަންޑްސް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި، މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވައި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ސްކޮލަރޝިޕްގެ ފުރުޞަތަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކާއި އެކު ބާއްވާ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު