އާދިއްތަ, November 15
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށަނީ

މި އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލައް ސިޓީން މަސް ގަންނަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯއިން މިކަން ހާމަ ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފުވައްމުލަށް ސިޓީގެ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާނެ ކަމަށާއި، އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މީގެ އިތުރަށް ފުވައްމުލައް ސިޓީގައި ގާއިމްކުރާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ އެ ތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށް މިފްކޯގެ ސީއީއޯ ފަރުހަތު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ގާއިމް ކުރަ މަސް ޕްރޮސެސްކުރާ މަރުކަޒު ނިމުމުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން ފަރުހަތު ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު