Saturday, October 31
މާޅޮހު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

މާޅޮސް ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އަމަލީ މަސައްކަތް ފެށި މި މަސައްކަތުގެ ރަސްމީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ އަލީ އިހްސާން އެވެ. މީގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނާވީން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑުންނެވެ.

ރައީސުލްޖުމުހޫރިއްޔާ ބ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގިނަ ރަށްރަށުގައި ފުލުހުންގެ މަރުކަޒު ގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު