އާދިއްތަ, November 15
ރައީސް ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕާކިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ތަހުނިޔާ އާއި ހެޔޮއެދުން ފޮނުއްވައިފިއެވެ. މިގޮތުން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޕާކިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރުގެ އިތުރުން، ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ތަހުނިޔާ ފޮނުއްވައިފައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ޕާކިސްތާނަށް މިނިވަންކަން ލިބުމަށްފަހު މިހާތަނަށް ހާސިލުކޮށްފައިވާ ތަރައްޤީއާއި ކުރިއެރުން ފާހަގަކުރުމުގައި ދިވެހިރާއްޖެއިން ބައިވެރިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޤާއިމްވެފައިވާ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު