އާދިއްތަ, November 15
މެދުޒިޔާރަތް މަގު ހުޅުވާލުމަށް މަޝްވަރާކުރަނީ

ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް ޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މޭޔަރ އާދަމް ޢާޒިމް ކައުންސިލަށް ހުށައަޅުއްވައިފި އެވެ.

މިއަދު އޮތް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ލުޔެއް ހޯދުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށް ވެސް ލުއިތަކެއް އަންނާނެ ކަމަށެވެ.

މި ސަރަހައްދަކީ، މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދު ކަމުން، މި މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އާންމުން ދެކޭ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މެދުޒިޔާރަތް މަގުގައި އިސްލާމީ މަރުކަޒު ކައިރީގައިވާ ސަރަހައްދުގައި ދުއްވުން މަނާކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އެ ސަރަހައްދުގައި ވަނީ ތަށިމުށިވެސް ޖަހައި، އުޅަނދު ދުއްވުން މަނާކޮށް، އާންމުންނަށް ހިނގާބިނގާވެ އުޅުމަށް ހުޅުވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު