Monday, October 12
ޤައުމީ ޒުވާނުންގެ ސާވޭ އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޒުވާނުންގެ ޝުއޫރުތަކާއި ބޭނުންތައް އެކުލަވާލުމުގެ ގޮތުން ޤައުމީ ޒުވާނުންގެ ސާވޭ އެކުލަވާލުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީއާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ ފަހުމުނާމާއެއް ސޮއިކޮށްފިއެވެ.

މި ފަހުމުނާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ނައިބޔ ރައީސް ނަޒާހާ ނަޒީމްއެވެ. އަދި ދިވެހިރާއްޖޭގެ އަސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ސޮއިކުރެއްވީ ސެންޓަރ ފޯ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން، ޑރ. އާމިނަތު ޝާފިޔާއެވެ.

މިއަދު ސޮއިކޮށްފައިވާ މި ފަހުމުގެ ދަށުން ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރި އުޅޭ ޒުވާނުންގެ ބަހާއި ޒުވާނުންނަށް އަސަރުކުރާ ހުރިހާ ދާއިރާތަކުން އެއްކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ޒުވާނުންގެ ދިރާސާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ.

ޔޫތު މިނިސްޓްރީން ވަނީ މި ދިރާސާގެ މަސައްކަތަށް 1-2 މަސްދުވަސް ނަގާނެކަމަށް އަންދާޒާކޮށްފައެވެ.

މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ދިވެހި ރާއްޖޭގެ ޒުވާނުންގެ ބޭނުންތަކާއި ތަޖުރިބާތައް ދެނެގަނެ، ޒުވާނުންގެ މަސްލަހަތު ކުރިއަރުވާ ޤައުމީ ސިޔާސަތެއް އެކުލެވާލެވި، ރައިސުލް ޖުމުހުރިއްޔާގެ އަރިހަށް އެރުވުމަށް ވަނީ ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެއިތުރުން، މި ފަހުމުނާގެ ދަށުން ޒުވާނުންގެ މަޝްވަރާއާއި ބައިވެރިވުން ހުރިހާ ދާއިރާތަކުން ހިމެނޭގޮތަށް އެކުލެވިގެންވާ ޤައުމީ ޒުވާނުންގެ ކޮންފަރެންސެއްވެސް ބޭއްވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު