Saturday, October 31
އައްޑޫސިޓީގައި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން އެދެފި
އައްޑޫ ސިޓީގައި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން އެދެފިއެވެ. އައްޑީ އިކުއިޓޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕީތަލުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށެވެ. އެހެން ކަމުން ތިމާއާއި އެހެން މީހުން މި ބަލިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގޭގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް ވަނީ އާއްމުކޮށްފައެވެ. ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ރަގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށް ސަމާލުވާންވާނެއެވެ. އަދި ބޭރަށް ހިންގުމުގެ އިތުރުން ގިނައިން ހޮޑުލެވުން، މާބޮޑަ ވަރުދެރަވުން، ދިޔާ ތަކެތި ބޭނުންކުރެވޭ ވަރު މަދުވުން، ބޮލަށް އެނބުރުން އެރުން އަދި އާދަޔާ ހިލާފަށް ކަރު ހިއްކުން، ކުޑަކަމުދެވޭ ވަރު މަދުވުން، ލެވޭ ހޮޑޫގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ނުވަތަ އާދަޔާ ހިލާފަ ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ހުންނަ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެއެވެ. ބޭރަށް ހިންގުމުގެ އަލާމާތެއް ފެންނަނަމަ، ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރަންވާނެއެވެ. އަދި ފާހާނަ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަގަޅަށް އަތް ދޮންނަންވާނެއެވެ. އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ގޭގައި މަޑުކޮށް އާރާމުކުރުން މުހިންމެވެ. ތިން ދުވަސްވަންދެން  24 ގަޑިއިރުތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުން ނުވަތަ ބޭރަށް ހިންގުމުގެ އަލާމާތައް އިތިރަށް ގޯސްވާނަމަ ޑޮކްޓަރަށް އަވަހަށް ދެއްކުމަށް ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ.

ޑެންގީ ހުމާއި ބޭރަށް ހިންގުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖޫން މަހުގެ ތެރޭގައި ޑެންގީ ހުމުގެ 168 ކޭހެއް ރިޕޯޓުކުރި އެވެ. އަދި ޖުލައި މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ހުރީ 188ގަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މަދު އަދެދެކެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ޖޫން މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 3،946 ކޭސް ރިޕޯޓުކުރިއިރު ޖުލައި މަހު 5،528 ކޭސް ރިޕޯޓްކުރި އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު