އާދިއްތަ, November 15
އެންމެ އުފާވީ ޚުޠުބާ ކިޔާނެ މީހަކު ނެތް ރަށަކުން ޒުވާން 3 ޚަޠީބުން ތަމްރީނުވުމުން: ޑރ. ޝަހީމް
އެންމެ އުފާވީ ޚުޠުބާ ކިޔާނެ މީހަކު ނެތް ރަށަކުން މިފަހަރު ޒުވާން ތިން ޚަޠީބުން ތަމްރީނުވުމުން ކަމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ އެރަށަށް ޚުތުބާ ކިޔާ މީހުން ގެންނަނީ ހުކުރު ދުވަހު އެހެން ރަށްރަށުން ކަމަށާއި، އެރަށުގެ ޚަޠީބުންތައް ވަނީ މަރުވެފައި ކަމަށެވެ. ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން އިއްޔެ ވަނީ ސަނަދު ހާސިލްކޮށްފައެވެ. މިއާއެކު މިހާތަނަށް މި ސަނަދު ޙާސިލްކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށްކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު