Monday, November 2
ހައިކޯޓްގެ ފަނޑިޔާރުކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލުމުން ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހުޅުވާލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ނަން އަނބުރާ ނެގުމުންނެވެ.

އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި އޮތީ މިއަދުގެ ނިޔަލަށެވެ. ޖޭއެސްސީން ބުނި ގޮތުގައި ހައިކޯޓްގެ ފަނޑިޔާރު ކަަމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އެއީ;

  1.  އިބްރާހިމް ނާސިހު - ޅ. ކުރެންދޫ, ލަކީ
  2.  އިބްރާހިމް މާހިރު - ރ. އަލިފުށީ, މެޑޯސް
  3. ސުލައިމާން މުހައްމަދު - ޅ. ކުރެންދޫ, ނޫރާނީގެ
  4.  ހަސަން ފަހީމް އިބްރާހިމް - ހދ. މަކުނުދޫ, ޕިކަޑިލީ
  5. އުއްމު ކުލްސޫމް އަބޫބަކުރު - ބ. ހިތާދޫ, ރަނައުރާގެ
  6.  އަލީ ނަސީރު - ބ. ކިހާދޫ, ގާޑެނިޔާ ވިލާ
  7. މުހައްމަދު އިބްރާހިމް - ގއ. ކޮނޑޭ, ދާރުއްސަލާމް
  8. މުހައްމަދު ޒާހިދު - ރ. ހުޅުދުއްފާރު, އިލާޒާ
  9. އަޝްފާގު ނައީމް - ފ. ނިލަންދޫ, ބީޗް ސައިޑް

ޝަހީދު ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެހެންކަމުން އޭނާ ވަނީ އެޕްލިކޭޝަން އަނބުރާ ގެންގޮސް ފަނޑިޔާރުކަމާއި ހަވާލުވާން ބޭނުންނޫންކަން ޖޭއެސްސީއަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު