އާދިއްތަ, November 15
ކިޔޫ ތަރުތީބުކުރުމުގައި އުމުރުން ދުވަސްވީ މީހުންނާއި އަލަށް ޙައްޖަށް ދާ މީހުންނަށް އިސްކަންދޭނެ: ޑރ. ޝަހީމް

އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި އުސޫލުތައް ކަނޑައަޅުއްވާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، މިގޮތުން ޙައްޖު ކޯޓާގެ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް އަލަށް ކަނޑައަޅުއްވާފައިވާ އުޞޫލުގައި އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުމަށް ހިމެނިފައިވާނެކަމަށާއި ކޮންމެ 5 އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުމަށްވެސް އުސޫލުގައި ކަނޑައެޅިފައިވާނެކަމަށެވެ. އަދި އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުމަށް މި އުސޫލުގައި ހިމެނިފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި އުސޫލުން އިސްތިސްނާ ކުރެވިފައިވަނީ ހައްޖުގެ ޢާމިލުންނާއި ޚިދުމަތްތެރީންނާއި ޞިއްޙީ މާހިރުންކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، މި ބަދަލުތައް ރައީސުލްޖުމުހޫރިއްޔާ ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި އަމަލު ކުރަމުންދާ ގޮތްތައް ބައްލަވައި ދިރާސާކުރުމަށް ފަހު، 5 ޖެނުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖްލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށާއި މި ކަންކަން ތަންފީޒުވެގެންދާނީ 1447 ވަނަ އަހަރުގެ ޙައްޖުގައިކަމަށެވެ.

އަދި މި ބަދަލުގެ ސަބަބުން ކިއު ތަރުތީބު ކުރުމުގައި އުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ހައްޖަށް ދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވެމުންދާނެކަމުގައި ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޙައްޖުގެ ކޯޓާއާއި ގުޅޭ ކަންކަމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ވަޒީރު ވަނީ ވަރަށް ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު