އާދިއްތަ, November 15
ވީއައިއޭގެ ޓެކްސީވޭ ޗާލީ ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓެކްސީވޭ ޗާލީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ. ވީއައިއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 3،200 މީޓަރުގެ ދިގު ޓެކްސީވޭ ޗާލީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 10 އޭޕްރީލް 2025 ގައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން މަތިންދާބޯޓާއި ފަސިންޖަރުންނަށް މިހާރަށްވުރެ ރަނގަޅަށް ހިދުމަތް ފޯރުކޮށްދެވި، އަލުން ގެނެވޭ ތަރައްގީއާއެކު ޓެކްސީވޭ އިމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މައުލޫމާތުދެއެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީގެކުރިން ވަނީ ކޯޑް-އެފް ރަންވޭ އާއި ޓާމިނަލްތަކުގެ އިތުރުން ފިއުލް ފާމްގެ މަރާމާތުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު