އާދިއްތަ, November 15
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އިތުރު އެއް ހަފުތާއަށް ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އިތުރު އެއް ހަފުތާއަށް ދަންމާލަން ފާސްކޮށްފިއެވެ.

މިގޮތުން މަޖިލީހުގެ ދައުރު މި އޮގަސްޓު މަހުގެ 21 ގެ ނިޔަލަށް ދަންމާލަން ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވިއިރު، އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ދައުރު ދަންމާލަނީ ނުނިމި ހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލިސް މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން ޖެހޭނީ ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ނިންމުމަށް ފަހުގައެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު މި އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ނިމޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު