އާދިއްތަ, November 15
ބ. އަތޮޅުގައި މެމޮގްރަފީގެ ޚިދުމަތް ފަށައިފި

އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަތުމަށް ކުރާ ސްކޭން (މެމޮގްރަފީ) ގެ ޚިދުމަތް ބ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކެންސަރަށް ސްކްރީން ކުރުމަށް މެމޮގްރަފީގެ ޚިދުމަތް މިއަދު ބ. އަތޮޅުގައި ފަށާފައިވާއިރު، ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލްތަކުން މި ޚިދުމަތް ލިބޭނެއެވެ. އަދި މި ޚިދުމަތް މިހާރު ފުޅާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އިތުރު ހޮސްޕިޓަލްތަކުން މި ޚިދުމަތް ދިނުމަށް ވަނީ ރޭވިފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.

އޭގެ ތެރޭގައި ފުރަތަމަ ފޭސްގައި މި ޚިދުމަތް ފެށުމަށް ރޭވިފައިވާ އަތޮޅު ތަކުގެ ތެރޭގައި ބ.، ހއ.، ށ.، ގއ. އަދި ފުވައްމުލަށް ސިޓީ ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު