ބ. އޭދަފުށީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ސާއުދީއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ، ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.
މި މަޝްރޫޢުގެ ދަށުން 6،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާ ހިމެނޭގޮތުން، ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއި، 3،200 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާ ހިމެނޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއި، 3،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމާއި، 4،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއި، 4،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި ލިޔުން ކިޔާލުމުން