އޭރުވެސް އަދި މިހާރުވެސް ދިވެހި ރުއް ވަނީ ދިވެހިންނާއި ގުޅިލާމެހިފައިކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ބޭއްވި 60 ރުއް އިނދުމުގެ ހަފްލާގައި ދެއްކެވި ވާހަކަ ފުޅުގައެވެ.
މި ރަސްމިއްޔާތުގައި ރުއް އާލާކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ ރުކަކީ ހަމައެކަނި ގަހެއް ނޫންކަމަށާއި، ރުކުގެ ކޮންމެ ބަޔަކީވެސް ވަކި ޚާއްޞަ ބޭނުންތަކަކަށް ބޭނުންކުރެވޭ ބައިތަކެއްއެކުލެވޭ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މައިބަދަ ފަދަ އެއްޗެއް ކަމަށެވެ. ކުޑައިރުއްސުރެ އަޅުގަނޑުމެންގެ ކެއިންބުއިމާއި، ގެދޮރާއި، އުޅުމާ ގުޅިފައިވާ އެއްޗެއްކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ޘަޤާފަތާއި އިޤްތިޞާދީ ނިޒާމުގެ އަސާސީ ބިންގަލެއްގެ ގޮތުގައި " މާދަރީ ރުއް " އަގު ނުކުރެވޭހާ މުހިންމު ދައުރެއް އަދާކުރާކަމަށް ވިދާޅުވިއެވެ.
''ދިވެހި ޤައުމާއި ރުއްގަހާ ދެމެދު ވަނީ ބަދަހި ގާތް ގުޅުމެއް އުފެދިފަ. މިއަދުވެސް ރުކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް އަސާސީ ދައުރެއް އަދާކުރާ ގަހެއް. ކާބޯތަކެތީގެ ނަޒަރުން ބެލިޔަސް، އިޤްތިޞާދީ ނަޒަރަކުން އަދި އަޅުގަނޑުމެންގެ ތިމާވެށީގެ ދާއިރާއިން ބަލާއިރުވެސް ރުކުގެ ދައުރު ނުހަނު ބޮޑުވެފައި ޙައްސާސްކަން ބޮޑު'' މިނިސްޓަރ ޑޮކްޓަރ މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
ރުކުގެ މޭވާއިން ކާނާއާއި ބުއިން ލިބޭއިރު، އޭގެ ފަނަކީ ބޯހިޔާވަހިކަމަށާއި، ހިފާގެންގުޅޭ ސާމާނު ތައްޔާރުކުރުމަށް ބޭނުންކުރެވޭ އަގުހުރި ޤުދުރަތީ މަޞްދަރުކަމަށެވެ. ރުކުގެ ލަކުޑިން ނުވަތަ ނިރޮޅު، ގެދޮރު އިމާރާތްކުރުމާއި ދޯނިފަހަރު ބަނުމަށް ބޭނުން ކުވޭކަމަށާއި. މިއީ، އަޅުގަނޑުމެންގެ އެވާލާ މާޒީ އާއި ދިވެހިންގެ އާދަކާދައާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ބައެއްކަމަށްވެސް ވަޒީރު ވަނީ ފާހާގަ ކުރައްވާފައެވެ.
ވަޒީރު ވަނީ މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ރުއް އިންދުމުގެ މުހިންމުކަން ދެނެގަނެ، މި މަސައްކަތުގައި އެންމެން ގުޅިގެން ބައިވެރިވުމަށް ގޮވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ރުއް އިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ. މިކަމަކީ އަޅުގަނޑުމެންގެ ޤައުމީ ވަންތަކަމާއި، އިޤްތިޞާދީ ކުރިއެރުމާއި، ތިމާވެށީގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށާއި، އަޅުގަނޑުމެން އެންމެން ގުޅިގެން މި މުހިންމު މަސައްކަތުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ މުސްތަޤުބަލު އާރާސްތުކުރުމަށް މަސައްކަތް ކުރުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ.
މި ލިޔުން ކިޔާލުމުން