ކަމަދޫ ރައްޔިތުން ބޭނުންވާގޮތަށް މަގުހަދަން ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތާއީދު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ތާއީދު ކުރެއްވީ ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކަމަދޫގެ މަގު ހެދުމަށް ނިންމާފައިވާކަންވެސް ފާހަގަކުރައްވާ ވިދާޅުވީ، ކޮންމެ ރަށަކަށް ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުން މުހިންމު ނޫންކަމަށާއި، ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށަށް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުހެދުން މުހިންމުކަމަށެވެ.
ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެރަށަށް ވަޑައިގަތީ ރައްޔިތުން ބޭނުންވާ ކަންކަން ބާރު ސްޕީޑުގައި ކުރިއަށްދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށްކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ކަމަދޫ ސްކޫލަކީ ޖާގަ ކުޑަ އަދި އިތުރު ވަސީލަތްތައް ބޭޏުންވާ ސްކޫލެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ދަތުރުފުޅުގެތެރެއިން ސޮއިކުރި ސްކޫލްގެ އައު އިމާރާތުގެ އެއްބަސްވުމާއެކު އެ ސްކޫލަށް ވަސީލަތާއި އިމާރާތުގެ ގޮތުން ޖާގަ ތަނަވަސް އިމާރާތެއް ޤާއިމްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމަދޫއަށް ސީޕްލޭން ފެށުމަށް ހޯކްސް ހޮޓެލްއާއެކު ވެފައިވާ އެއްބަސްވުމާއެކު އިޤްތިޞާދީގޮތުން ކުރިއެރުންތަކެއް ރަށަށްލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކަމަދޫގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ސަމާލުކަމެއްދޭކަމަށް ވިދާޅުވެ ރައީސް ވަނީ، މީގެކުރިން އެއަތޮޅުގެ ތަރައްޤީގެ ލިސްޓުގައި ކަމަދޫ އޮންނަނީ ފަހަތުގައިކަން ފާހަގަކުރައްވައި، އެ ތަފާތުކުރުން ނައްތާލައި ކަމަދުއަށް ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެގޮތުން ކަމަދުއަށް ސިއްޙީ ޚިދުމަތުގެ ކުރިއެރުން މުހިންމުކަމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ސިއްޙީ ޚިދުމަތް ތަރައްްޤީކުރުން މުހިންމުވެފައިވާތީ ވަރަށް އަވަހަށް ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މުޅި ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ ތަރުތީބުންކަމަށާއި، ކުރިއަށްދާނެގޮތް ރާވާފައިވާކަަމަށްވެސް ވިދާޅުވިއެވެ. މިގޮތުން ކަމަދޫގެ ރައޔްިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސް މަޝްރޫޢުތައް ފުރިހަމައަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އައު މިސްކިތެއް ކަމަދޫގައި އަޅަނެކަމަށްވެސް ވިދާޅުިވެފައެވެ، މީގެ އިތުރުންވެސް ތަރައްީގެ މަޝްރޫޢުތައް ކަމަދޫގައި ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ކުރިއަށްދާ ރަށަކަށްވާތީ ކަމަދޫ ކައިރިން ފަޅުރަށެއް ޕިކްނިކް ރަށެއގެ ގޮތުގައި ހަމަޖައްސައިދެއްވާނެކަމަށްވެސް ރައީޫސް ވިދާޅުވިއެވެ. ޚާއްޞަކޮށް އެރަށް ޗާޓުން ބޭރުކޮށްފައި އޮތުން ނިމުމަކަށް ގެނެސްދެއްވާނެކަމަށާއި، ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިއަދުވަނީ ކަމަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި ކަމަދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރަށަށް އައު ސްކޫލެއް ބޭނުންވާކަން ހާމަކުރައްވާފައެވެ. އަދި ކަމަދޫގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް ބޭނުންވާކަމަށާއި ކަމަދޫ ކައުންސިލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން