އާދިއްތަ, November 15
ފުލުހުންގެ ސައިކަލެއްގައި ކާރުން ޖައްސައި ވައްޓާލި މީހާ ދޫކޮށްލައިފި

ފުލުހުންގެ ސައިކަލެއްގައި ކާރުން ޖައްސައި ވައްޓާލި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑްގައި ފޭސް 1 އާއި ފޭސް 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ގޮސްފައިވާ ކަމަށެވެ.

އަދި ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާ ކަމަށާއި، ސައިޖަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލަފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވި ހ. ފިލިމާލެ، އައިކް ހައިޝަން ޙަސަން (18 އ) ހައްޔަރުކޮށްފައެވެ.

ނަމަވެސް ރޭ ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އައިކް ހައިޝަމް ޙަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލައިގައި އައިކްއާއެކު ކާރުގައި ހުރި އަންހެން މީހާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު