ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، އިކުއެޑޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މަރިއާ ގެބްރިއެލާ ސޮމަފެލްޑް ރޮސެރޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު މަރިއާ ގެބްރިއެލާ ސޮމަފެލްޑް ރޮސެރޯ އަށާއި، އިކުއެޑޯ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް އިކުއެޑޯގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
"ކަމަނާއަށް ދުޅަހެޔޮ ސިއްޙަތާއި އިކުއެޑޯ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އެދުމަށް މި ފުރުސަތުގެ ބޭނުން އަޅުގަނޑު ކުރީން. އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަން"، ވަޒީރުގެ މެސެޖުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން