އާދިއްތަ, November 15
އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވީއައިއޭ އިން 4.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދީފި

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން 4.1 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

ވީއައިއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ އެއާޕޯޓުން ވަނީ ޖުމުލަ 4،108،845 ފަސިންޖަރުންނަށް ޚިދުމަތް ދީފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 ގެ ކުރިއެރުމެކެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވީއައިއޭ އިން ޚިދުމަތް ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 2،669،969 ބައިނަލްއަޤްވާމީ ފަސިންޖަރުންނާއި، 579،079 ޑޮމެސްޓިކް ފަސިންޖަރުންގެ އިތުރުން 859،797 ސީޕްލޭން ފަސިންޖަރުންނެވެ.

މީގެ އިތުރުން އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި 124،665 ޓްރެފިކް މޫވްމަންޓް ރެކޯޑުކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %7 ގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ހިމެނެނީ ބައިނަލްއަޤްވާމީ 17،614 ދަތުރާއި، 14،110 ޑޮމެސްޓިކް ދަތުރު އަދި 92،941 ސީޕްލޭން ދަތުރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު