Saturday, October 31
ރައީސް ވަޑައިގަންނަވާތީ ފުޅަދޫގެ މަގުތައް ސާފުކޮށް ބެހެއްޓުމަށް އެދެފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީ ފުޅާދޫ އަށް ވަޑައިގަންނަވާތީ ރަށުގެ މަގުތައް ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން އެދެފިއެވެ.

ބ. ފުޅަދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އޮގަސްޓު މަހުގެ 12 ވާ އަންގާރަ ދުވަހު ރައީސް ޑރ. މުޢިއްު އެ ރަށަށް ވަޑައިގެން އެ ރަށުގައި ރޭ ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، މަގުތަކުގައި ބަހައްޓާފައިވާ ބޭނުން ނުކުރާ ސާމާނާއި، ގޯތިތަކާއި، މަގުތައް ސާފުތާހިރުކޮށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މިކަމަށް އެއްބާރުލުން ދެއްވައި އެހީތެރިވެލެއްވުމުގެ ގޮތުން ރަށުތެރެ ސާފުކޮށްދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެއް"، ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު