ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިއްޖެއެވެ.
އެ ގޮތުން މާލެ އަތޮޅުގެ ގުރައިދޫ، ހިންމަފުށި، ތުލުސްދޫ، ގާފަރު އަދި ކާށިދޫއަށް ޗައިނާގެ ޓެކްނިކަލް ޓީމުގެ ބޭފުޅުންނާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ބޭފުޅުން ވަނީ ޒިޔާރަތްކޮށް ފީޒިބިލިޓީ ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސިޓީސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ވަގުތު ޓީމުގެ ބޭފުޅުން މަސައްކަތްކުރަމުން އަންނަނީ ރ. އަތޮޅުގައެވެ. 50 ކައުންސިލް ޢިމާރާތުގެ ތެރޭގައި ރ. އަތޮޅު ވާދޫއާއި، ހުޅުދުއްފާރުގައި ކައުންސިލް އެޅުމަށް ހަމަޖެހިފައި ވެއެވެ.
ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް އަލުން ޢިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވައި މަޝްރޫޢެކެވެ. ޗައިނާ ސަރުކާރުގެ ހިލޭގެ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 50 ކައުންސިލްގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ވެސް 55 ކައުންސިލް ޢިމާރާތްކުރުމަށް ހަމަޖެހިފައި ވެއެވެ.
މި ލިޔުން ކިޔާލުމުން