އާދިއްތަ, November 15
ފުލުހުންގެ ސައިކަލެއްގައި ކާރުން ޖައްސައި ވައްޓާލި މީހާގެ ވަނަވަރު އާންމުކޮށްފި

ފުލުހުންގެ ސައިކަލެއްގައި ކާރުން ޖައްސައި ވައްޓާލި މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑްގައި ފޭސް 1 އާއި ފޭސް 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ގޮސްފައިވާ ކަމަށެވެ.

އަދި ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާ ކަމަށާއި، ސައިޖަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލަފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވި ފިރިހެން މީހާއާއި ކާރުގައި އިން އަންހެން މީހާވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެން މީހާ ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ކާރު ދުއްވި ހ. ފިލިމާލެ، އައިކް ހައިޝަން ޙަސަން (18 އ) އެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު