އާދިއްތަ, November 15
ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓުވައި ކާރުގައި ތިބި ދެ މީހުންވެސް ހައްޔަރުކޮށްފި

ނުރައްކާތެރިކޮށް ދުއްވި ކާރެއް ހުއްޓުވައި ކާރުގައި ތިބި ދެ މީހުންވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑްގައި ފޭސް 1 އާއި ފޭސް 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ގޮސްފައިވާ ކަމަށެވެ.

އަދި ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލާފައިވާ ކަމަށާއި، ސައިޖަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވި ފިރިހެން މީހާއާއި ކާރުގައި އިން އަންހެން މީހާވެސް ހައްޔަރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު