އާދިއްތަ, November 15
ސީދާ އައްޑޫން މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށަނީ

އައްޑޫ ސިޓީން ގަންނަ މަސް، ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށުމަށް މިފްކޯއިން ތައްޔާރުވެއްޖެއެވެ.

މިފްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އެހީތެރިކަމާއެކު މަލްޓި ލެޓަރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިފްކޯއިން ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގަންނަ މަހަށް ރާއްޖޭގައި ވެލިއު އެޑްކުރުމުގެ ޤާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

މިގޮތުން އައްޑޫ ސިޓީން ގަންނަ މަސް، ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން އެކްސްޕޯޓްކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައ ިފެށުމަށް ރޭވިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އަދި އައްޑޫގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު