މޯލްޑިވިއަނުން ވަނީ މި ޑިލޭއާއި ގުޅިގެން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށްް މަޢާފަށް އެދިފައެވެ. އަދި ފަސިންޖަރުން ދެއްވި އެއްބާރުލުމަށް އެ އެއާލައިނުން ވަނީ ޝުކުރު ދަންނަވައިފައެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދިޔަ ޢުމްރާވެރިން ގޮވައިގެން މިއަދު ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް އައުމަށްޓަކައި ސަޢޫދީ ގަޑިން 15:45 ގައި ފުރުމަށް ހަމަޖެހިފައިވާ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުރުން ލަސްވި ފްލައިޓް މައްސަލަ ހައްލުކޮށް މިއަދު ސަޢޫދީ ގަޑިން 18:30 ގައި ފުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.ފްލައިޓް އަޕްޑޭޓް - Q2 6361 މަތިންދާ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ކޮށް، 2 ގަޑިއިރުގެ ޑިލޭއަކަށްފަހު ހުރިހާ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކޮށް ޖިއްދާއިން މަތިންދާ ބޯޓު ފުރާފައިވާކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ. މި ޑިލޭއާއި ގުޅިގެން ފަސިންޖަރުންނަށް ދިމާވި…
— MaldivianAero (@MaldivianAero) August 9, 2025
ޝަކީލް ވިދާޅުވީ ޖުމްލަ ގޮތެއްގައި ހުރިހާ ޢުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން މިއަދު ސައުދީއަރަބިއްޔާއިން ރާއްޖެއަށް އައުމަށްޓަކާ ސައުދީ ގަޑިން 15:45 ގައި ފުރުމަށް ހަމަޖެހިފައިވާ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުރުން ލަސްވި ފްލައިޓް މައްސަލަ ހައްލުކޮށް މިއަދު ސައުދީ…
— Mohamed Shakeel 🇲🇻 (@schakyyl) August 9, 2025






