އާދިއްތަ, November 15
ވީއައިއޭގައި މާރާމާރީގައި ހިންގައިގެން ފުލުހުން ހަރަކާތްތެރިވަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މާރާމާރީ ހިންގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ އެއާޕޯޓުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް މި މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ދެ އަންހެނެއްގެ ދެމެދުގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މި ދެ އަންހެނުންގެ ތެރެއިން އެކަކު، އަނެއް މީހާގެ ބުރުގާ މޫނާ އެއްކޮށް އޮޅާލާފައިވާ މަންޒަރު ފެނެއެވެ.

އަދި މި ދެ މީހުންގެ ކައިރީގައި ތިބި މީހުންނާއި އެއާޕޯޓުގެ ސެކިއުރިޓީން މާރާމާރީ ރޫޅާލުމުގެ މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު