އާދިއްތަ, November 15
ތުރުކީން ރާއްޖެއަށް ހަދިޔާކުރާ މަނަވަރު ގެނެސްފި

ކަނޑުގެ ދިފާއީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއާޢި ތުރުކީއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޤައުމުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ޑޯގަން ކްލާހުގެ ފަސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ​​ވޯލްކަން (ޕީ-343) ރާއްޖެ ގެނެސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މަނަވަރު މިހާރު އޮތީ ރާއްޖޭގައެވެ. އަދި ވަރަށް އަވަހަށް އެ މަނަވަރު ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރާނެ ކަމަށް ލަފާކުރެވެއެވެ.

މިކަމާ ގުޅިގެން ތުރުކީގެ ނޫސްތަކުން މީގެ ކުރިން ރިޕޯޓުކުރި ގޮތުގައި މި އުޅަނދުގައި މަސައްކަތް ކުރާނެ މުވައްޒަފުން ތަމްރީނުކުރުން މި އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެއް މަސް ދުވަހުގެ ތަމްރީނެއް ތުރުކީގައި ފަށާފައިވެއެވެ.

މީގެ އިތުރުންވެސް ޑިޕްލޮއިމަންޓަށް ފަހު ތުރުކީގެ ނޭވަލް އިންސްޓްރަކްޓަރުން ރާއްޖޭގައި ތިބި ފުލް ކްރޫއަށް ދެ ހަފްތާގެ އެޑްވާންސް އޮންބޯޑް އޮޕަރޭޝަނަލް ޓްރެއިނިން ފޯރުކޮށްދޭނެ ކަމަށްވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު