އާދިއްތަ, November 15
ނޭކުރެންދޫގެ 400 ކިލޯވޮޓުގެ އައު ޖެންސެޓް ބޭނުންކުރަން ފަށައިފި
ހދ. ނޭކުރެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް ގެންދިޔަ އައު ޖެންސެޓް ބޭނުންކުރަން ފަށައިފިއެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނޭކުރެންދޫއަށް ގެނެވުނު 400 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލުކުރުމަށްފަހު، ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ނޭކުރެންދޫއަށް އައު ޖެންސެޓް ގެންގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ރާއްޖޭގެ އެކި ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ކަމާބެހޭ އިދާރާތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު