އާދިއްތަ, November 15
ރައީސް ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު އަދި މާލީ ވަޒީރު، ލޯވްރެންސް ވޮންގްގެ އިތުރުން ސިންގަޕޫރު ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސުލްހައާއި ތަނަވަސްކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުމުގެ އިތުބާރާއި ފައިދާ އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އެއްބާރުލުން ދިނުމަށް އައު މަގުތަކެއް ހޯދުމުގެ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު