އާދިއްތަ, November 15
ސްޓެލްކޯ ސަބްސްޓޭޝަނެއް ތެރެއަށް ވަދެ ކޭބަލް ބުރިކޮށްލި މައްސަލައެއް ބަލަނީ

ސްޓެލްކޯ ސަބްސްޓޭޝަނެއް ތެރެއަށް ވަދެ ކޭބަލް ބުރިކޮށްލި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އޮގަސްޓު 7 ވަނަ ދުވަހުގެ 21:46 ހާއިރު، ފަރީދީމަގު ގަޑި ބުރު ކައިރީގައި ހުރި ސްޓެލްކޯ ސަބްސްޓޭޝަންގެ ތެރެއަށް ބަޔަކު ވަދެ ކޭބަލް ކުރި މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިންވެސް ސްޓެލްކޯގެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މައްސަލަތަކެއްވެސް ފެންމަތިވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު