Saturday, October 31
ހިޔާ ފުލެޓަކުން 242 ވޭޕް ފްލޭވަރ ފުޅި ފެނިއްޖެ

ހިޔާ ފުލެޓަކުން 242 ވޭޕް ފްލޭވަރ ފުޅި ފެނިއްޖެއެވެ.

ފުލުހުން ބުނީ ރޭ 9:14 ހާއިރު ހުޅުމާލޭ ފޭސް 2 އަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހިޔާ ފުލެޓެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެޕާޓްމަންޓް ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވަރ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައިގައި ޖުމުލަ 242 ވޭޕް ފްލޭވަރ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު