އާދިއްތަ, November 15
11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

މި ކަމަށް ބޭއްވުނު ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ރަށްތައް

ހއ. ތުރާކުނު
ހދ. ނޮޅިވަރަމްފަރު
ހދ. ފިނޭ
ށ. މަރޮށި
ނ. މާފަރު
ބ. ތުޅާދޫ
ބ. ކުޑަރިކިލު
މ. މުލި
ތ. ގުރައިދޫ
ތ. ހިރިލަންދޫ
ތ. ކިނބިދޫ

މި ހުރިހާ ރަށެއްގެ މަގުތައްވެސް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު