އާދިއްތަ, November 15
ބަންޑުން ޖަހާލި ދޯންޏަކުން ދަތުރުކުރި 66 އަހަރުގެ މީހަކު ނިޔާވެއްޖެ

ބަންޑުން ޖަހާލި ދޯންޏަކުން ދަތުރުކުރި 66 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމަށް މިއަދު 8:55 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ދޯނިން ދަތުރުކުރީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށާއި، މި އެންމެންވެސް ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އޭގެތެރެއިން 66 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ދެރަވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 10:30 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު