Saturday, October 31
50 ކައުންސިލް ޢިމާރާތުގެ ފީޒިބިލިޓީ ހެދުމަށް ތައްޔާރުވެއްޖެ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް ޢިމާރާތުގެ ފީޒިބިލިޓީ ހެދުމަށްވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ.

 މިއަދު  މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް ޓީމާ، ޗައިނާގެ ޓެކްނިކަލް ޓީމާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ.

ސިޓީސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ފީޒިބިލިޓީ ހެދުމަށް ދާނެ ރަށްތައް ކަނޑައެޅި، ދަތުރު ޕްލޭން އެކުލަވައިލެވިފައިވާކަމަށެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލް ޢިމާރާތްތައް ޒަމާނާ ގުޅޭ ގޮތަށް ބިނާކޮށް، މަސައްކަތަށް ފަހި މާޙައުލެއް ގާއިމްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ފައްޓާ މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް ޢިމާރާތަކީ ވެސް ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު