Saturday, October 31
ދުވަން ދިޔަ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ހދ ކުޅުދުއްފުށި، ޖިފުޑި، ޙަސަން މޫސާ (67 އ) މިއަދު ފަތިހު 5:00 ހާއިރު ގެއިން ނިކުމެގެން ދުވަން ދިޔަ ގޮތަށް ޚަބަރެއް ނުވާކަމަށް 10:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާޚާނާ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށާއި، މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު