Saturday, October 31
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފި

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި މާލޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލައާ ގުޅިގެން މ. ސްޓާރ، މުޙައްމަދު ރަޒީން (49 އ) ހައްޔަރުކޮށް، އޮގަސްޓް 2 ވަނަ ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު، އޮގަސްޓު 3 ވަނަ ދުވަހު އަލުން ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މީސްމީޑިއާގައި ދައުރުވި ފޮޓޯއިން ފެންނަ ގޮތުގައި އެމްޑީޕީ ހަރުގޭގައި ހުރި ދަގަނޑު ދޮރަށް ވަނީ ގެއްލުން ދީފައެވެ. ނަމަވެސް، ހަރުގެ ތެރޭގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު