އާދިއްތަ, November 15
މަސައްކަތްތެރިންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް: ނައިބު ރައީސް
މަސައްކަތްތެރިންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ލިސްޓަކަށް އެޗްޑީސީގައި ވަޒީފާ އަދާކުރަމުން ދިޔަ ފަސް ދާއިމީ މުއައްޒަފަކު ސަސްޕެންޑް ކުރި ކުރުމުން ހާމަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނިޔާވެރިކަން ކަމަށް ބުނެ އެމްޑީޕީގެ ރައީސް، ޢަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ޝާހިދު ވިދާޅުވީ މީގެ ކުރިންވެސް މި ސަރުކާރުން ވަނީ ހައުސިންގ މިނިސްޓްރީގެ ދާއިމީ މުއައްޒަފުންތަކެއް ވަޒީފާއިން ވަކި ކޮށްފައި ކަމަށާއި، ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން މި ރައްޔިތުން ފަހަތަށް ޖެއްސޭނެކަމަށް ހީފުޅުކުރެއްވުމަކީ ގޯހެއް ކަމަށެވެ. ޝާހިދުގެ މި ޕޯސްޓަށް ރައްދު ދެއްވައި ނައިބު ރައީސް ވިދާޅުވީ، ޤައުމުގެ ތަރައްޤީއާ ކުރިއެރުމަށް މަސައްކަތްކުރާއިރު، ޙަޤީޤަތާ އެއްގޮތަށް މަޢުލޫމާތު ޙިއްޞާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބައެއް ފަރާތްތަކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނުހުންނަ ވާހަކަތަކަށް ސަމާލުވުން މުހިންމު ކަމަށާއި، ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ. އަދި މަސައްކަތްތެރިންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް ކަމަށާއި، ވަޒީފާގެ މާޙައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު