އާދިއްތަ, November 15
ނައިފަރުން ގެއްލިގެން ހޯދަމުން އައި ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

ޅ. ނައިފަރުގައި ގެއްލިގެން ހޯދަމުން އައި ކުޑަކުއްޖާ ފެނިއްޖެއެވެ.

އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން ހޯދަމުން އައީ ޅ. ނައިފަރު / ސީނިޔާގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) އެވެ. އޭނާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25 ހާއިރު އެވެ.

އޭރު ޚަދީޖަތު ލައިގެންހުރީ ވިލުނޫކުލައިގެ، އަތްކުރު ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން މިރޭ ބުނީ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު