އާދިއްތަ, November 15
އެމްޓީސީސީގެ ޔަންމާ ޕްރޮމޯ: ކޮންމެ 15 ދުވަހަކުން ދެ ފަރާތަކަށް 9.9 ހޯސްޕަވަރުގެ އިންޖީނެއް!

އެމްޓީސީސީގެ "ޔަންމާ ސްޕެއަރ ޕްރޮމޯ 2025" އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ހަފްލާއެއްގައި މި ޕްރޮމޯ އިފްތިތާޙްކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ އެވެ.

އެމްޓީސީސީން ހާމަކުރާ ގޮތުގައި މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ މަޤުޞަދަކީ ޔަންމާ ސްޕެއަރ ޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. މި ޕްރޮމޯގައި ކޮންމެ 15 ދުވަހަކުން ނަގާ ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ސުޒުކީ 9.9 ހޯޒްޕަވަރުގެ އިންޖީނެއް ލިބޭނެއެވެ.

މި ޕްރޮމޯ އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި އުޅަނދުފަހަރުގެ އިންޖީނުގެ ސަރވިސް އިންސްޕެކްޝަން ކުރިއަށްގެންދިއުމާއި، މެއިންޓަނަންސްއާ ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރަތް ކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު