އާދިއްތަ, November 15
އެޑެކްސެލް އަދި އެޗް.އެސް.ސީ އިމްތިހާނުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

2025 ވަނަ އަހަރުގެ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އައި.އޭ.އެލް އާއި އެޗް.އެސް.ސީ އިމްތިޙާނު ހަދާ ދަރިވަރުންގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މި އިމްތިހާނުތަކުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 އޮގަސްޓް 03 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 އޮގަސްޓް 12 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކުރިއަށް ގެންދާނޭކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ހާމަކުރެއެވެ.

އިމްތިހާނުތަކުގެ އެޕްލިކޭޝަން ފޯމު ޑީޕީއީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބޭނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

އިމްތިހާނަށް ފައިސާ ބައލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ބަނޑޭރީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ފޯމު ޗެކް ކުރުމަށްފަހު، ފައިސާ ދެއްކުމަށް ބޭނުންވާ ލިންކު، އީމެއިލް މެދުވެރިކޮށް ފޮނުވާނެކަމަށް ޑީޕީއީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު