Saturday, October 31
މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް އެމްޓީީސީސީއާ ހަވާލުކޮށްފި

ހއ. މުރައިދޫގައި 300 މީހުންގެ ޖާހައިގެ މިސްކިތެއް އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙުމަދު ސަޢުދީއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރު ގެ އިތުރުން ލައިބްރަރީއެއް އެކުލެވިގެންނެވެ. މީގެ އިތުރުން މިސްކިތް ބިނާ ކުރެވޭނީ ސޯލަރ ސިސްޓަމްވެސް ހަރުކުރެވޭ ގޮތަށެވެ.

ދަޢުލަތުގެ ބަޖެޓުން 7،789،771.62 ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރާ މި މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު